ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އަދި އެއްވެސް ކާމީޔާބީއެއް ލިބިފައި ނުވިނަމަވެސް ރަނގަޅު ކުރިއެރުމަކަށް އުންމީދުކުރައްވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ދޯހާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓި، މާބޮޑު ކާމީޔާބީއެއް ލިބިފައި ނުވިނަމަވެސް ކުރިއަށް އޮތް ހަފްތާގައި ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ޣައްޒާ — އަހަރެމެން މަޝްވަރާތައް ކުރަމުންމިދަނީ އުއްމީދަކީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިކަން ވަކިކޮޅެއްގައި ޖެއްސޭނެކަމަށް،" ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ހިއްސާކުރި އުންމީދީ ވިސްނުން ތަކުރާރުކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް، ދޯހާގައި އިސްރާއީލާއި ހަމާސް މެދުވެރިވެގެން ކުރިއަށް ގެންދާ މަޝްވަރާތަކަށް އަދި ކުރިއެރުމެއް ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު