ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ އެއްގަމަށް އޮންނަ މަގުގައި މަސައްކަތްތަކެއް ކުރާތީ އެއަރޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެމްއޭސީއެލުން ބުނީ، މިހާރު ގެނެސްފައިވާ ބަދަލާއެކު އެއާޕޯޓަށް ވަންނަން ބޭނުންކުރާ ބޭރު މަގުގެ ބަދަލުގައި އެއާޕޯޓަށް ވަދެ ނުކުތުމަށް ބޭނުން ކުރަން ޖެހޭނީ އާ ޓާމިނަލްގެ ކުރިމައްޗަށް އޮންނަ މަގު ކަމަށެވެ.
ހަމައެއާއެކު ޓެކްސީ ކިޔު ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ފަސިންޖަރު ވޯކްވޭގެ ނިމޭ ހިސާބަށެވެ. އަދި ޓެކްސީ ޑްރޮޕް-އޮފް ޕޮއިންޓާއި އެމްޓީސީސީގެ ބަސް ނައްޓާލާނީ އަދި މަޑުކުރާނީ ވެސް މި ސަރަހައްދުންނެވެ.
އެމްއޭސީއެލުން ބުނީ މިހާރު ޔޫ ޓާން ނެގޭނީ ހަމައެކަނި ޕޮލިސް ޗެކްޕޮއިންޓް ސަރަހައްދުން ކަމަށެވެ. އަދި މި ބަދަލު ގެނެސްފައިވަނީ އިއްޔެއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެއަރޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސަފައިވާއިރު، ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލުން މިހާރު ދަނީ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު