މާލޭގައި ހުންނަ "އޮލިވް ގާޑަން" ރެސްޓޯރެންޓަށް ފޭކު ސްލިޕް ފޮނުވައިގެން އެކިފަހަރުމަތިން ކެއި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ދ. ކުޑަހުވަދޫ، ޑޭޒީމާގެ، އަބްދުﷲ ފަޟީލްގެ މައްޗަށެވެ.
ކޯޓުގައި ދައުލަތުން ބުނެފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުން ފެށިގެން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އެކި ދުވަސް މަތިން އޭނާ ސަންރައިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން މާލޭގައި ހިންގާ އޮލިވް ގާޑަން ރެސްޓޯރެންޓުން ކާ ތަކެތި އޯޑަރުކޮށް، ކާތަކެތި ބަލައިގެންފައިވާ ކަމަށެވެ.
ނަމަވެސް އެތަކެއްޗަށް ފައިސާ ދެއްކިކަން އެންގުމަށް އޭނާ ފޭކް ސްލިޕް ހެދުމަށްފަހު ވައިބަރ ކޮށްފައިވާ ކަމަށާއި، އަދި ބައެއް ބިލްތަކަށް އެ ބިލްތަކުގައިވާ ފައިސާގެ އަދަދަށްވުރެ މަދުން ވެސް ފޮނުވާފައިވާކަމަށެވެ.
އެގޮތަށް އޮޅުވާލައިގެން އެ ރެސްޓޯރެންޓުން 115،000 ރުފިޔާގެ ތަކެތި އޭނާ އޯޑަރުކޮށް ބޭނުންކޮށްފައިވާކަމަށް ކޯޓުގައި ދައުލަތުން ވަނީ ބުނެފައެވެ.
އެހެންކަމުން ދައުލަތުން ވަނީ ފަޟީލްގެ މައްޗަށް 2 ދައުވާއެއް ކޮށްފައެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ. މިއީ މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ މަކަރާއި ހީލަށް ހެދުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ހަ މަސް ދުވަހަށް ގޭގައި ބަންދުކޮށް، 1 އަހަރާއި 22 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު ސައްހަ ނޫން ލިޔުން އުފެއްދި މައްސަލާގައި 3 މަހާއި 18 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
މިއީ އޭނާ ކުށަށް އިއުތިރާފުވެ، އަދި ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު ކޮށްފައިވާ ހުކުމެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު