އެމްޑީޕީ ހަރުގެ ހިމެނޭ ސަރަޙައްދުގެ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށީގެ ކޭބަލްތައް ބުރިކޮށްލި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އިއްޔެ ރޭ ފުލުހުން ބުނެފައިވަނީ، އެމްޑީޕީ ޖަގަހަ ހިމެނޭ ސަރަހައްދުގެ ޑިސްޓްރިބިއުޝަން ފޮށީގެ ކޭބަލްތައް މީހަކު ކޮށާލާފައިވާކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެކަންކުރި މީހާ ޙާދިސާ ހިނގި ސީނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ށ. މިލަންދޫ ނަސީމީވިލާ އިސްމާއީލް ޝަމީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ގެންދިއުމުން ތަހުގީގުގެ ބޭނުމަށް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ސްޓެލްކޯ ޑިސްޓްރިބިއުޝަން ފޮށީގެ ކޭބަލްތައް ބުރިކޮށްލުމުން އެމްޑީޕީ ޖަގަހައިން ވެސް ކަރަންޓު ކެނޑުނެވެ. އޭރު އެތަނުގައި ދިޔައީ ކުއްލި އެއްވުމަކަށް ތައްޔާރުވަމުންނެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެސަރަޙައްދަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު