ހަބަރު ފަތުރާ ފަރާތްތަކުން ތެދުވެރިކަމާ އެކު ރައްޔިތުންނަށް ހަބަރު ފެތުރޭނެ މާހައުލެއް ގާއިމުކުރަންޖެހޭކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ނަވީން މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނވަންކަމުގެ ދުވަހާ ގުޅުވައިގެން، ޑިސީޕީ ނަވީންގެ އިސްނެންގެވުމަށް ރޭ އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ރިސެޕްޝަންގައި ވާހަކަ ދައްކަވަމުންނެވެ.
މި ހަފުލާގައި ނަވީން ދެއްކެވި ވާހަކައިގައި، މިއީ ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމާއި މީޑިއާއާއި ފުލުހުންނާ އެކުގައި މަސައްކަތްކުރެވިދާނެ ރޫހު ކުރިއަށްވުރެ ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ހަފުލާއެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނާ ހަމައަށް ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ގެނެސްދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި އިހުތިރާމާއެކު މުއާމަލާތުކުރުމަށާއި ދެ ފަރާތުން ވެސް އެ އިހުތިރާމު ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ނަވީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ ފުލުހުންނާ ގުޅުންހުރި ކަންކަމުގައިހުރި ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ.
އެގޮތުން ފުލުހުންނާއި ނޫސްވެރިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށާއި ފުލުހުންގެ ފަރާތުން ނޫސްވެރިން ބޭނުންވާ މައުލޫމާތު އަވަސް މިނެއްގައި ފޯރުކޮށްދިނުމަށް އެސޯސިއޭޝަންގެ ފަރާތުން އެދިފައިވެއެވެ.
މި ހަފުލާގައި ފުލުހުންގެ އިސް ވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ މެންބަރުންނާއި އެކި މީޑިއާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު