އައިކޮމް އޮފީސް
އައިކޮމް އޮފީސް
މައުލޫމާތު ލިބިގަތުމާއި ހޯދުމުގެ މައްސަލަތައް ބަލާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ ހާލަތު ދަށްވެ އެ އޮފީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އައިކޮމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފީހުގައި މި ވަގުތު މަސައްކަތް ކުރެވޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ މާދަމާއިން ފެށިގެން އެ އޮފީސް ހިންގާނީ އޮންލައިންކޮށް ކަމަށް ވެސް ބުންޏެވެ.

އައިކޮމް އޮފީހުގެ ހާލަތު ގޯސްވެފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

އެގޮތުން އޮފީސް އިމާރާތަށް ފެން ފައިބައިގެން ފޫ ޖަހައި ނުބައި ވަސް ދުވުމާއެކު އެތަނަކީ ސިއްހީ ގޮތުން ރައްކާތެރިތަނަކަށް ނުވާތީ ދަންފަޅި ބަހައިގެން ވެސް ބައެއް މުވައްޒަފުން އޮފީހަށް ނުކުންނަތާ ވެސް ދުވަސްތަކެއް ވަނީ ވެފައެވެ.

އެކަން އައިކޮމްގެ އަހަރީ ރިޕޯޓްގައިވެސް ފާހަގަކޮށްފައިވާ އިރު އެ މައްސަލައިގައި ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު