އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހުރަވީ ޝިޕާއި ގުޅިގެން ކުރީގެ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.

އިންޑިޔާ ގެޝިޕް ހުރަވީ އަކީ އެމްއެންޑީއެފް ކޯސްޓުގާޑުގެ އެންމެ ބޮޑު އުޅަނދެވެ. ޝިޕް ހުރަވީ އަކީ ފާސްޓް އެޓޭކް ކްރާފްޓް ޝިޕްއެކެވެ. މިއީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގައި ބޭނުންކުރާ އެންމެ ބޮޑު އެއް އުޅަނދެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ރިޓަޔަޑް އިބްރާހިމް ދީދީ ކުރެއްވި ޓުވީޓެއްގައި އިންޑިޔާ އިން ހަދިޔާ ކުރި ކޯސްޓްގާޑް ޝިޕްގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލުނީތޯ ނުވަތަ އެމްއެންޑީއެފްގެ ގާބިލުކަން އިތުރުވީތޯ ވިދާޅުވެ ވަނީ ސުވާލު އުފައްދަވާފައެވެ.

"މި ޝިޕާއެކު އިންޑިއާގެ ކަނޑުގެ ސިފައިން އެތައް އަހަރަކު ރާއްޖޭގައި ތިބި." ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޓެގް ކުރައްވައި ދީދީ ވިދާޅުވިއެވެ.



ހުރަވީ ޝިޕާ ގުޅިގެން މީހަކު ކުރި ޓުވީޓަކަށް ރައްދު ދެއްވަމުން ކުރީގެ ބްރިގޭޑިއަރ ދީދީ ވިދާޅުވީ އެ ޝިޕްގެ ފުލް ކުރޫ ހަފުތާ އެއް ވަންދެން ރާއްޖޭގައި ތިބި ކަމަށެވެ. އަދި ޓެކްނިކަލް މީހުން އަހަރެއްހާ ދުވަސް ވަންދެން ރާއްޖޭގައި ތިބި ކަމަށް އޭރު އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވި، އަދި ނިވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ހާދިސާގައި ރާއްޖޭގެ ސިފާއީ ބާރުގައި މުހިންމު ދައުރެއް އަދާކުރެއްވި ދީދީ ވިދާޅުވިއެވެ.

" ސިޔާސީ ގޮތުން އަވައްޓެރި ގައުމަކާއި ޖައްސާލުން އެއީ ބުއްދިވެރި ކަމެއް ނޫން." ދީދީ ވިދާޅުވިއެވެ.

ޝިޕް ގާޒީ އަކީ އިންޑިއާގެ ފަރާތުން 2006 ވަނަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް ހަދިޔާކުރި އުޅަނދެކެވެ. އުޅަނދަށް ބޭނުންވާ މަރަމާތުގެ މަސައްކަތާއި ރީފީޓްސް އަދި ޓެކްނިކަލް އަދި މެޓީރިއަލް އެސިސްޓެންސް ފޯރުކޮށްދެނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ. މިއީ ކަނޑުފޭރުން ހުއްޓުވުމުގެ އޮޕަރޭޝަން ތަކާއި، ކޯސްޓަލް ޕެޓްރޯލު، އެންޓި ޑްރަގް އޮަޕަރޭޝަން އަދި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ތަކުގައި ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.



މި އުޅަނދުގެ ނަން ފަހުން ހުރަވީ އަށް ވަނީ ބަދަލުކޮށްފައެވެ. ކޯސްޓްގާޑް ޝިޕް ހުރަވީ މަރާމާތަށް އިންޑިއާއަށް ރިފިޓަށް ފުރާފައި ވަނީ 2015 މާޗު 26 ވަނަ ދުވަހު އެވެ. ޝިޕް ހުރަވީގެ މަރާމާތުގެ މަސައްކަތަށް އިންޑިއާގެ ވިޝާކަޕަޓްނަމްގެ ބަނދަރުގައި 11 މަސް ދުވަހަށްފަހު ރާއްޖެ އައިސްފައިވަނީ ރައީސް ޔާމިންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ފެބްރުއަރީ 29 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު