އިޓަލީ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗްގެ ތެރެއިން
އިޓަލީ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗްގެ ތެރެއިން
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި އެކެއް ސުމަކުން ނެދަލެންޑްސް ބަލިކޮށް އިޓަލީން މުބާރާތުގައި ކުރިއަށް ދިއުމުގެ އިތުބާރު ބޮޑުކޮށްފިއެވެ.

ރޭގެ މެޗުގައި އިޓަލީން ވަނީ މެޗު ޑޮމިނޭޓުކޮށް ނެދަލެންޑްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިޓަލީން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗީރޯ އިމޮބިލޭ ހުރަސްކޮށްދިން ބޯޅައަކުން ނިކޯލޯ ބަރެއްލާއެވެ.

ދެވަނަ ހާފުގައި ނެދަލެންޑްސްއިން ނަތީޖާ އެއްވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެޓީމަށް އިޓަލީގެ ޑިފެންސްލައިން ފޫއަޅުވާލެވޭގޮތް ވަނީ ނުވެފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިޓަލީ ގްރޫޕްގެ އެއްވަނައަށް ޖެހިލީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނެދަލެންޑްސް އާއި ތިންވަނައިގައި އޮތް ޕޮލެންޑަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބޮސްނިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި ގްރޫޕްގައި ރޭ ޕޮލެންޑް ވަނީ 2-1 ން ބޮސްނިއާ ބަލިކޮށްފައެވެ. މީގެ އިތުރުން ނޯވޭ ވަނީ ނޮދަން އަޔަލެންޑް 5-1 ން ބަލި ކޮށްފައެވެ. އަދި ރޫމޭނިއާ ވަނީ އޮސްޓްރިއާ އަތުން 3-2 ން މޮޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން