ދަރުމަވަންތަ ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަށް އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އެންމެ މަތީ ފަންގިފިލާގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެެވެ. އަދި އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ އަލިފާނުގެ ހާދިސާއެއް ހިނގާފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފޫން އިތުރަށް ބުނީ ދަރުމަވަންތަ އެޗްވެކް ސިސްޓަމް އިން (އެއަރކޯން އައުޓްޑޯރގެ ފޭން) އިން ފެން ބޭރުކުރާއިރު ބުރައިގެންދާ ފެންތަކަށް އަލި އެޅުމުން ދުންއަރާގޮތަށް ސިފަވަމުންދާކަމަށެވެ. އެގޮތަށް ދުރަށް ފެނުނު ނަމަވެސް އަލިފާނުގެ ހާދިސާ އެއް ހިނގާފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު