ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީއަށް ގެންދިޔަ ބަލިމީހާ އެރަށަށް އަރުވަން ދެކޮޅު ހެދީ މިހާރުގެ ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރުން ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ބުނެފިއެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް 31 އޯގަސްޓް 2020 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ރާޖެޓީވީ އަށް ދެއްވި އިންޓަރވިއުއެއްގައި، ގދ. ތިނަދޫއިން ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހަކު ވިލިނގިއްޔަށް އެރުވުމަށް ހުރަސްއަޅާފައިވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޕީ.ޕީ.އެމްގެ މެންބަރުންކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނީ އެކަމުގައި އިސްކޮށް އުޅުނީ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންކަމަށެވެ.

އެ ޙާދިސާ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ، މިހާރުގެ ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރުން ކަމަށާއި، އަދި އަތޮޅު ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ބައެއް މެންބަރުންގެ ގާތްތިމާގެ މީހުން ކަން މަންޒަރު ފެނިފައިވާ ގއ. ވިލިނގިލީ ރައްޔިތުން ހެކިވާނެކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެވަގުތު ނެގިފައިވާ ފޮޓޯތަކާއި ވީޑިއޯ ތަކުންވެސް އެމަންޒަރުތައް ވަރަށް ސާފުކޮށް ފެންނާން ހުރި ކަމަށް އެރަށުގެ ރައްޔިތުން ބުނެފައިވާކަމަށް އިދިކޮޅުން ބުނެއެވެ.

"ކޯވިޑް ފެސިލިޓީއަށް ގެންދިޔަ ފަރާތަށް ގއ. ވިލިނގިއްޔަށް އެރުމަށް ހުރަސް އެޅުމުގައި، ގއ. އަތޮޅު ކައުންސިލްގެ ރައީސާއި ގއ. ވިލިނގިލީ ކައުންސިލްގެ ރައީސާއި އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރުގެ އިހުމާލު ވަރަށް ބޮޑު ކަމުގައި އެރަށު ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި އެއީ އެ 3 ފަރާތުން ގުޅިގެން ރާވައިގެން ހިންގި ޢަމަލެއްކަމަށާއި، އެކަން ސާބިތުވަނީ ބަލި މީހާ ގޮވައިގެން ރަށަށް ދަތުރު ކުރި އުޅަނދު، ފަޅު ތެރޭގައި އެތައް އިރެއްވީއިރުވެސް، ބަލިމީހާ ބަލައި އެމްބިއުލާންސް ވެސް ފޮނުވާފައި ނުވުން ކަމުގައި" އިދިކޮޅު ބަޔާނުގައި ވެއެވެ.



ތިނަދޫއިން ކޯވިޑް ފެސިިޓީއަށް ގެނައި ބަލި މީހާ ގއ. ވިލިނގިއްޔަށް އެރުވުމާއި ދެކޮޅަށް އެރަށު ބަޔަކު ނުކުމެ އިހުތިޖާޖުކުރާ މަންޒަރު ކަމަށް ބުނެ "ރަސް އޮންލައިން" އާއި ހިއްސާކޮށްފައިވާ ވިޑިއޯއެއް.

ވިލިނގިލީ ރައްޔިތުން ބަދުނާމުކޮށް ޑރ. ނަޒްލާ ދައްކަވާފައިވާ ވާހަކަތަކާއިމެދުވެސް އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށް އެފަދަ ޒިންމާދާރު މަޤާމެއްގައި ފުރުއްވާ ބޭފުޅަކު، ކަމުގެ ޙަޤީޤަތް ބެލުމެއް ނެތި ރަށުގެ ރައްޔިތުންނާމެދު ދެއްކެވި ދަށުފެންވަރުގެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް މިބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުންނަކީ އެއްވެސް ޙާލެއްގައި ރައްޔިތުންނަށް ޖެއްސުންކޮށް ރައްޔިތުންނަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް އަމަލު ކުރާނޭ ބައެއް ނޫންކަމަށާއި، އިދިކޮޅު ކޯލިޝަންގެ މެންބަރުން ބަދުނާމުވާ ގޮތަށް ދޮގު ވާހަކަތައް ދެއްކުން ހުއްޓާލާ، ޒިންމާދާރު ކަމާއެކު ރައްޔިތުން ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށް ރައްޔިތުންނަށް ޚިދުމަތް ކުރެވޭތޯ ބެއްލެވުމަށް ގއ. އަތޮޅު ކައުންސިލްގެ ރައީސަށް މިބަޔާނުގައި ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ސަޢީދު

04-Sep-2020

ވަގުން ޖަލައް ގަޅަންމާލަސްވެއްޖެ



ޓްރެންޑިން