ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަން ކުރިތާ ފަސް މަސް ފުރިހަމަ ނުވަނީސް އެ މަޤާމުން މުހައްމަދު ސައީދު އިސްތިއުފާ ދެއްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަޢީދު އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ.
ސަޢީދު އިސްތިއުފާ ދެއްވި ސަބަބު ސާފުވެފައި ނުވާއިރު ދާދިފަހުން ޕީއެސްއެމުން ބްރޮޑްކާސްޓްކުރި ކޮންޓެންޓްތަކެއްގެ މައްސަލާގައި ޢާއްމުންގެ ފާޑުކިޔުން އެކުންފުންޏަށް ވަނީ އަމާޒުވެފައެވެ. އަދި އެ މައްސަލަތަކުގައި އެކުންފުނިން ދެ ބަޔާނެއް ނެރެ ޢާއްމުންގެ ކިބައިން މާފަށް އެދިފައިވެއެވެ.
މިސަރުކާރުން ޕީއެސްއެމްގެ އެމްޑީގެ މަޤާމަށް ސައީދު އައްޔަނު ކުރަށްވާފައި ވަނީ މިއަހަރުގެ އޯގަސްޓްމަހުގެ 24 ގައެވެ.
އޭނާ މަޤާމަށް ޢައްޔަނު ކުރެއްވީ މިސަރުކާރުން އެމަޤާމަށް ފުރަތަމަ ޢައްޔަނު ކުރެއްވި ޒީނާ ޒާހިރު، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސަޢީދު ޕީއެސްއެމް އާއި ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ ސިޓީ އިންވެސްޓްމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ. އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގައިވެސް ދިގު މުއްދަތަކަށް ޚިދުމަތް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު