ސައިބަރ ކްރައިމްއާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރައޫފުއްދީން ސައީދު ވިދާޅުވީ ސައިބަރ ކްރައިމްއާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގާނޫނުލްޢުގޫބާތަށް ގެންނަ ބަދަލުތަކެއްގެ ތެރެއަށް ސައިބަރ ކްރައިމް މައްސަލަތައް އިތުރުކޮށް ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަދަލުތައް ގެނައުމަށް ވެސް ހުށަހަޅާފައިވާ ކަމަށް އިންސްޕެކްޓަރ ރައޫފުއްދީން ސައީދު ވިދާޅުވިއެވެ.

އިންސްޕެކްޓަރ ރައޫފުއްދީން ސައީދު ވިދާޅުވީ ސަރވިސް ޕްރޮވައިޑަރުންގެ ފަރާތުން މައުލޫމާތު ހޯދުމާއި، ރާއްޖެއިން ބޭރުން މައުލޫމާތު ހޯދުމާއި، އެވިޑެންސް ކަލެކްޓު ކުރުމުގެ އިތުރުން، މިކަހަލަ އެތައް ކަމެއްގައި ފުލުހުންނަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ބިލުގައި ހިމަނާފައިވާނެ ކަމަށެވެ.

މަޖިލީހަށް ހުށައެޅި ތިން ބިލުގެ ފަހުން ދެން އޮންނާނީ ގާނޫނަށް ގެންނަ ބަދަލުތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ބަދަލުގެ ތެރެއިން، ރާއްޖެއިން ބޭރުގެ ސަރވިސް ޕްރޮވައިޑަރތަކުން، ފުލުހުންނަށް ހުށަހަޅާ ޖިނާއީ މައްސަލަތަކުގެ އެވިޑެންސް [ރާއްޖޭން ބޭރުގެ ސަރވިސް ޕްރޮވައިޑަރުންގެ ފަރާތުން] ހޯދޭނެ މަގުތަކެއް ފަހިވެގެން ދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ސައިބަރ ކްރައިމްގެ މައްސަލަތައް ވަރަަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން