އައިޖީއެމްއެޗް ކައިރިން ފެންބޮޑުވާ މައްސަލަ ހައްލުކުރަން ފަށައިފިއެވެ.

މިއީ މާލޭގެ ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.

ސިފައިންނާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެހީތެރިކަމާއެކު މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން މަޝްރޫއެއް ފެށީ މިދިޔަ މޭ މަހުއެވެ.

އާރުޑީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން ދަނީ އައިޖީއެމްއެޗް ކައިރިން ކަނބާ އައިސާރަނިހިނގުމުން ފެންބޮޑުން ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ.



އެގޮތުން އެފް.އެސް.އެމް ކުރިމަތީގައި ކޮނުމުގެ މަސައްކަތާއި ހޮޅި އެޅުން އަދި ހޮޅިތަކުގެ ވެލްޑިންގގެ މަސައްކަތް ކުރަމުންދާ ކަމަށް އާރުޑީސީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުނު ފަހުން ވެސް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހޭއިރު މުޅި މާލެ އޮންނަނީ ފެންބޮޑުވެފައެވެ. އަދި މިދިޔަ މަހު ވެސް ބައެއް ދުވަސް ދުވަހު ވަރަށް ބޯކޮށް ވާރޭވެހި މުޅި މާލޭގައި ފެންބޮޑުވިއެވެ.

މި ސަރުކާރުން ބުނެފައިވާ ގޮތުގައި ޗައިނާ ސަރުކާރުގެ އެހީގައި މުޅި މާލޭގެ މަގުތައް ހެދުމުން ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން