ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ދެމުން ދިޔަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގެ ހިދުމަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ބަދަލުކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން، އެޗްޕީއޭ އިން ދެމުން ދިޔަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމާ ހުއްދަ ދިނުމުގެ މަސައްކަތް އެ އޮތޯރިޓީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެހެންވެ، "ވަންގަވް" ޕްލެޓްފޯމްގެ ދަށުން ދެމުންދިޔަ ކެފޭ ރެސްޓޯރަންޓް ރަޖިސްޓްރީކުރުމުގެ ހިދުމަތްތައް އެ އޮތޯރިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާތީ، މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް "ވަންގަވް"ގެ ދަށުން އެ ހިދުމަތް ލިބުން މެދުކެނޑޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު މިއަހަރުގެ މެއި މަހުގެ 23ވަނަ ދުވަހު ތަސްދީގުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު