މި އަހަރުގެ މަސްވެރިންގެ ދުވަސް ބ. ތުޅާދޫގައި ފާހަގަކުރަން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ތުޅާދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން މިހާރު ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އަދި އެކަމަށްޓަކައި އެ މިނިސްޓްރީގެ ޓީމެއް މިހާރު ތުޅާދޫއަށް ގޮސްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އެ ދަތުރުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި އެހެނިހެން ފަންނީ ބޭފުޅުން ހިމެނޭ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އަދި އެ ޓީމުން ތުޅާދޫގެ ރަށު ކައުންސިލާއި، ސްކޫލާއި އަދި ސިއްޙީ މަރުކަޒާއެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އެ ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރަސްމީ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އެ ދަތުރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި މަސްވެރިންނާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރަން ފެށީ 1981 ވަނަ އަހަރުއެވެ. އެގޮތުން މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު 10 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު