ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން ވަކިކޮށްފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަަތަރު މެމްބަރުން ވަކިކުރި އިރު އެ މެމްބަރުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އޮތީ ފާސްވެސްކޮށްފަ އެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ 63 މެންބަރުންގެ ވޯޓާއެކު އެވެ. އެ މެމްބަރުން ވަކިކުރުމާ ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ނިންމުމާ އެއްގޮތަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުން ރައީސް މުއިއްޒު ވަކި ކުރެއްވީ މިއަދު އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލުން މި ފަހަރު ވަކި ކުރީ އިސްމާއީލް ސާޖިދު ފިޔަވައި ދެން ތިބި ހުރިހާ ބޭފުޅުން ނެވެ. އޭގެ ތެރޭގައި ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީއާއި ނާއިބު ރައީސް ހުސައިން ޒައިދާން ޖަލީލްގެ އިތުރުން ދެން ތިއްބަވާ މެމްބަރުން ކަަމަށްވާ އަހުމަދު އަޝްރަފް އަދި ހަދީޖާ ނައީމް ހިމެނެއެވެ.

ޖުޑިޝަރީ ކޮމިޓީން މެމްބަރުންގެ މައްސަލަތައް ދިރާސާކުރި އިރު ޓްރައިބިއުނަލްގެ ބައެއް މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ނުހައްގު މުއްސަނދިކަން ހޯދުމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ފާހަގަކޮށްފައި ވެއެވެ. އަދި އެ މައްސަލަތައް އޭސީސީއަށް ހުށަހަޅަން ވެސް ވަނީ ލަފާދީފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް