މެނިންގޯކޮކަލް އަކީ ސިކުނޑިއާއި ބުރަކަށީގެ ވަށައިގެންވާ ޓިޝޫތައް ދުޅަވެ އިންފެކްޝަން ޖެހުމުން ދިމާވާ ބައްޔެކެވެ. މި ބައްޔަކީ އަވަހަށް ސިއްހީ ފަރުވާއެއް ނުލިބިއްޖެ ނަމަ ފުރާނައަށްވެސް ނުރައްކާވެދާނެ ބައްޔެކެވެ.
މެނިންގޯކޮކަލް ބައްޔަކީ ސީރިއަސް ބައްޔަކަށް ވާއިރު، މިއީ ސިއްހީ އަވަސް ފަރުވާ ނުލިބިއްޖެނަމަ ގަޑިތަކެއްގެ ތެރޭގައި މަރުވެދާނެ ބައްޔެކެވެ. މި ބައްޔަށް ފައްސިވާ ހިސާބުން އަވަހަށް ޑޮކްޓަރުގެ ލަފާގެ މަތިން ފަރުވާ ހޯދައި އެންޓިބަޔޮޓިކް ފަރުވާ ދިނުމަކީ މުހިންމު ކަމެކެވެ.
މެނިންޖޯކޮކަލް ޖަރާސީމު ފެތުރެނީ ބަލި ޖެހިފައިވާ މީހުންގެ ފަރާތުންނެވެ. ކޮންމެ މީހަކަށް ވެސް މެނިންގޯކޮކަލް ބަލި ޖެހިދާނެއެވެ. ނަމަވެސް ވަކި ބަޔަކަށް މިބަލި ޖެހުމުން ނުރައްކާ ބޮޑު ކަމަށް ވެއެވެ. މި ބަލިން އެންމެ ރައްކާތެރިކަން ލިބެނީ ވެކްސިންތަކުންނެވެ.
ވައްތަރުތައް:
- މެނިންޖަކޮކަލް އިންފެކްޝަންގެ އެންމެ އާންމު ދެ ވައްތަރަކީ މެނިންޖައިޓިސް އާއި ލޭގެ ތެރޭގައި ޖެހޭ އިންފެކްޝަންތަކެވެ.
- މެނިންޖޯކޮކަލް މެނިންޖައިޓިސް އާއި އެކު މި ބެކްޓީރިއާ ސިކުނޑިއާއި ބުރަކަށީގެ ފަށަލަ ދުޅަކުރުވައެވެ.
- މެނިންޖޯކޮކަލްގެ ޖަރާސީމު ލޭހޮޅިތަކަށް ގޮސް އިންފެކްޝަން ފަތުރައެވެ. މިކަމުގެ ސަބަބުން ހަންގަނޑާއި ގުނަވަންތަކުން ލޭއައުން މެދުވެރިވެއެވެ.
މިބަލީގެ އަލާމާތްތައް:
- ހުންއައުން
- ބޮލުގައިރިހުން.
- ކަރު ހިއްކުން
- ގަދަ އަލިން އުނދަގޫވުން، އެއަށް ކިޔަނީ ފޮޓޯފޯބިއާ އެވެ.
- މޭނުބައިކުރުން، ހޮޑުލުން /ނުވަތަ ބޭރަށްހިންގުން.
- އަނދިރިކޮށް ފެނުން
- ބަނޑުހައިނުވުން
- އޮޅުން ބޮޅުން ނުވަތަ ރުޅިގަދަވުން
- ގިނައިން ނިދުން
- މަސްތަކުގައި ރިއްސުމާއި ހުޅުތަކުގައި ރިއްސުން
- ހިނގާބިނގާވެ އުޅުމަށް ނުވަތަ ތެދުވެ ހުރުމަށް އުނދަގޫވުން
މި ބަލި ދެނެގަތުން:
މެނިންގޯކޮކަލް ބަލި ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވާއިރު މީގެ އެއް ސަބަބަކީ ގިނަ ފަހަރަށް ފެންނަ އަލާމާތްތަކަކީ އެހެން ބަލިތަކާ އެއްގޮތް އަލާމާތްތަކަކަށް ވުމެވެ.
މެނިންގޯކޮކަލް ބައްޔަށް ޝައްކުކުރެވޭ ހާލަތުގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ބަލިމީހާގެ ލޭ ނުވަތަ ސެރެބްރޯސްޕައިނަލް ފްލޫޑް (ސްޕައިނަލް ކޯޑް ކައިރީގައި ހުންނަ ފްލޫޑް) ގެ ސާމްޕަލް ނަގާނެ އެވެ. އެއަށްފަހު ސާމްޕަލްތައް ޓެސްޓު ކުރުމަށް ލެބަކަށް ފޮނުވައެވެ.
މި ބަލިން ފަރުވާ ދިނުމާއި ރަނގަޅުވުން:
ސިއްހީ ހިދުމަތްދޭ ފަރާތްތަކުން މެނިންގޯކޮކަލް ބައްޔަށް ފަރުވާ ދެނީ އެންޓިބަޔޮޓިކްސް އިންނެވެ. ބަލިމީހަކަށް ވަގުތުން އެންޓިބަޔޮޓިކްސް ލިބޭނީ ސިއްހީ ހިދުމަތްދޭ މީހަކަށް މެނިންގޯކޮކަލް ބަލި ޖެހިފައިވާކަން ޔަގީން ވުމުންނެވެ. އެންޓިބަޔޮޓިކްސް އިން މަރުވުމުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދެއެވެ.
އިންފެކްޝަންގެ ސީރިއަސް މިންވަރަށް ބަލާއިރު މެނިންޖޯކޮކަލް ބަލި ހުންނަ މީހުންނަށް އެހެން ފަރުވާތައް ބޭނުންވެދާނެއެވެ.
އެގޮތުން؛
- ނޭވާލުމަށް އެހީތެރިވެ ދިނުން
- ލޭގެ ޕްރެޝަރު ދަށްވުމަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތައް
- މަރުވެފައިވާ ޓިޝޫ ނައްތާލުމަށް ކުރާ އޮޕަރޭޝަން
- ހަށިގަނޑުގައި ހަލާކުވެފައިވާ ހަންގަނޑުގެ ބައިތަކަށް، ޒަޚަމްތަކަށް ފަރުވާ ދިނުން

ކިޔުންތެރިންގެ ހިޔާލު