ސްޓޭޓް ޓްރޭޑިންގ އޯގަނަޒޭޝަން (އެސްޓީއޯ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނާއެކު ދިވެހިން ޓެލެތޯނަށް 3 ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.

އެސްޓީއޯގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި 300،000 ރުފިޔާގެ ފައިސާގެ އެހީ ހަވާލުކޮށްދީފައިވަނީ އެސްޓީއޯގެ ސީނިއަރ މެނޭޖްމަންޓުންނެވެ.

ފަލަސްތީނަށް އެހީވުމަށް ކުރިޔަށް ގެންދާ ޓެލެތޯންގައި ފައިސާ ހަދިޔާ ކުރުމަށް މާލެ ސަރަޙައްދުގައި އެސްޓީއޯ ހެޑް އޮފީހުގައި އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓްގައި ވަނީ ފަންޑު ފޮށި ބަހައްޓާފައެވެ. މީގެ އިތުރުން، އަތޮޅުތަކުގައި ހުރި އެސްޓީއޯގެ އައުޓްލެޓް އަދި ފާމަސީތަކުގެ މުވައްޒަފުންވެސް އަންނަނީ މި ހަރަކާތުގައި ބައިވެރިވަމުންނެވެ.

އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި 1 މިލިއަން ރުފިޔާ ހަދިޔާކޮއްފައެވެ.

މި ޓެލެތޯނުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫ.އެން.އާރް.ޑަބްލިއު.އޭ) އަށެވެ.



މިއަދު ހެނދުނު 8 ޖެހިއިރު ޕީއެސްއެމުން ފަށާފައިވާ މި ޓެލެތޯން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު