ކުރިއަށް އޮތް އީދު ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ މޫސުން އާންމުކޮށް ރަނގަޅުވި ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެގޮތުން 15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

އީދު ބަންދާ ދިމާކޮށް އެހެން އަހަރުަތަކެކޭ އެއްގޮތަށް މި އަހަރުވެސް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މީހުން އެއްރަށުން އަނެއް ރަށަށް ދިއުމަށް ކަނޑުދަތުކުރާނެ ކަމަށް ބެލެވެއެވެ.

ސަރުކާރުން ވަނީ އަޟްހާ އީދާ ގުޅިގެން އެ ހަފްތާ އެއްކޮށް ބަންދު ކުރުމަށް ނިންމާފައެވެ. އެއާއި އެކު އަންނަ ހަފްތާގެ ހަތް ދުވަހުގެ އިތުރުން ހުކުރު ހޮނިހިރާއެކީ ޖުމްލަ 9 ދުވަސް ބަންދުގެ ގޮތުގައި ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން