އިންޑިއާގެ ގޯއެއާ ކުންފުނިން 3 މިލިއަން ޑޮލަރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިހުކުމްކޮށްފައިވަނީ ގޯއެއާ އާއި ދެކޮޅަށް އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 3،580،588 (ތިން މިލިއަން ފަސް ލައްކަ އަށްޑިހަ ހާސް ފައްސަތޭކަ އަށްޑިހަ އަށް) އެމެރިކާ ޑޮލަރު ހޯދުމަށް މީރާއިން ކުރި ދައުވާއާއި ގުޅިގެންނެވެ.

މީރާއިން ގޯއެއާ ކުންފުންޏާ ދެކޮޅަށް ހުށަހެޅި ދައުވާގައި 2022 ވަނަ އަހަރުން ފެށިގެން ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސްއާއި، އޮކްޓޯބަރު 28، 2018 އިން ފެށިގެން ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓު ޑިވަލޮޕްމަންޓް ފީ ދައުލަތަށް ދައްކަންޖެހޭ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލާއާ ގުޅިގެން ސިވިލް ކޯޓުން އެއް މަސް ދުވަސް ތެރޭގައި ގޯއެއާއިން މީރާއަށް 3 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ފައިސާ މީރާއަށް ދައްކަންޖެހޭކަން ސާބިތުވާކަމަށެވެ. މިހެންކަމުން މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަސްތެރޭ އެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

އިންޑިއާގެ ގޯއެއާއަކީ ރާއްޖެއަށް ޝެޑިއުލް ފްލައިޓް އޮޕަރޭޓްކުރާ ކުންފުންޏެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން