ހަތަރު މީހުންނާއެކު ދަތުރުކުރި ދޯންޏެއް ދިޔަވަމުންދާތީ ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ 4 މީހުންނާއެކު، ޅ އަތޮޅަށް ދަތުރުކުރި "ލޫމް 2" ނަމަކަށް ކިޔާ ދޯންޏެއް، ކ. ހެލެގެލި ކައިރިން ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އަދި މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 8:52 އެހާއިރު ކަމަށާއި ދޯނީގައިހުރި މުދަލާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގީ ކަނޑުއޮޅިން ނުކުންނަށް އުޅުމުގެ ތެރޭގައި ގަލެއްގައިޖެހިގެންކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އެމްއެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަގޮތުގައި އުޅަނދު އެއްކޮށްކަހަލަ ގޮތަކަށްވަނީ ފެނުއަޑީގައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވީކަމަކަށް އެމްއެންޑީއެފުން ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު