ފުވައްމުލަކު ޓައިގަރ ޝާކް ޕޮއިންޓަށް ފީނަން ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ފުވައްމުލަކު ޓައިގަރ ޝާކްޕޮއިންޓަށް ޑައިވިންގއަށް ދިޔަ ފަތުރުވެރިޔަކު، ޑައިވިންގ ނިންމައި އެރިފަހުން ހާލު ދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަން 11:26 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މިހާދިސާގައި މަރުވެފައިވަނީ 70 އަހަރުގެ ޗައިނާގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މިހާދިސާގައި ބަލަން ޖެހޭ ކަންކަން ތަހުގީގު ކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު