ތަޢުލީމާބެހޭ ވަޒީރު ޑރ. ޝަފީޢު
ތަޢުލީމާބެހޭ ވަޒީރު ޑރ. ޝަފީޢު
ދިރާސީ އަހަރުގެ ފުރަތަމަ 3 ދުވަހުގެ ކިޔެވުން ކުރުކުރަން ތަޢުލީމާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.

ތަޢުލީމާބެހޭ ވުޒާރާއިން ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމަށްވާ އާދީއްތަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ސްކޫލްތަކުގެ ދަންފަޅިތައް ދެ ގަޑިއިރަށް ނުވަތަ ތިން ގަޑިއިރަށް ކުރުކުރުމަށް ދަންނަވާ ކަމަށެވެ.

އެގޮތުން މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް އުނދަގޫ ދުވަސްވަރަކަށްވާތީ އެ ތިން ދުވަހު ސްކޫލްތަކުގެ ދަންފަޅިތައް ކުރުކުރުމަށް އަންގާ ކަމަށް ސަރކިއުލާގައި ވެއެވެ.

ކިޔަވައިދިނުމުގެ ވަގުތުތައް މަދުކުރުމަށްފަހު، ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮ ކަމާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ބުލީކުރުމާ ދެކޮޅަށް ސްކޫލުތަކުގައި އެ ދުވަސްވަރު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ވަނީ އަންގާފައެވެ.

އެއްމަސް ދުވަހުގެ ބަންދަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން