ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވައި އިންތިޚާބު ވެވަޑައިގެންނެވި މުޙައްމަދު އަލްސަން އަޙްމަދު ޕީއެންސީއަށް ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އަލްސަން ޕީއެންސީއަށް ސޮއިކުރުމާއި ގުޅިގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރާނެ މެމްބަރުންގެ އަދަދު 75 އަށް ވަނީ އަރާފައެވެ.



އޭޕްރިލްމަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު އަމިއްލަގޮތުން އިންތިޚާބުވީ 8 މެމްބަރަކުވަނީ މީގެ ކުރިން ޕީ.އެން.ސީ އާއި ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން