މާލެ ސަރަޙައްދުގައި އަވިން ހަކަތަ އުފެއްދުމަށް ފްލޯޓިންގ ސޯލާ ޕެނަލް ތަކެއް ބަހައްޓަން ހުއްދަ ދީފައިވާ ކަމަށް މިނިސްޓަރ އޮފް އެންވައިރަމެންޓް، ކުލައިމެޓް ޗޭންޖް އެންޑް އެނާރޖީ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ދިވެހި ރާއްޖޭގެ އަޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޠާރިގް ވިދާޅުވީ މާލެ ސަރަޙައްދުގައި ފްލޯޓިންގ ސޯލާރ ޕެނަލް ތަކެއް ހަރުކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން އިންޓެެރިމް ޕާރމިޓްއެއް ދޫކޮށްފައިވާކަމަށެވެ. މިއީ 150 މެގަވޮޓްގެ ޕްރެޖެކްޓެއް ކަމަށްވެސް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރ ތޯރިގް ހާމަކުރެއްވިއެވެ.

މީގެ އިތުރުން އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން "މަގޭ ސޯލާރ" ނަމުގައި މަޝްރޫއެއް ފައްޓާފައިވާ ކަމަށް ޠާރިގް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ދަށުން 3 ކިލޮވޮޓްގެ 375 ނިޒާމްް އާއި 5 ކިލޮވޮޓްގެ 375 ނިޒާމް ހޯދަން ކޮންޓްރެކްޓަރަކާއި އެކު ސޮއި ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި އަވިން ހަކަތަ އުފެއްދުމަށް އެކި މަޝްރޫއުތައް ވަނީ ފަށާފައެވެ. މި ގޮތުން ހައިބްރިޑް ސޯލާރ ޕެނަލް ހަރުކުރުމުގެ މަޝްރޫއުތައް އެކި މަރުހަލާގައި ކުރިޔަށް އެބަ ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން