ފޮޓޯ: އެމް.އެމް.ޕީ.ީ.އާރު.ސީ
ފޮޓޯ: އެމް.އެމް.ޕީ.ީ.އާރު.ސީ
އެމް.އެމް.ޕީ.ީ.އާރު.ސީ ހިންގުމަށް އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު ބައްސާމު އާދަމް އާ ހަވާލުކޮށްފިއެވެ.

އެމް.އެމް.ޕީ.ީ.އާރު.ސީ ހިންގުމަށް އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު ބައްސާމު އާދަމް އައްޔަނުކުރިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.



ރާއްޖޭގެ ޓޫރިޒަމް ބައިނަލްއަގުވާމީ މާކެޓްގައި ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އެމްއެމްޕީއާރުސީ ހިންގުމަށް އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު ބައްސާމު އާދަމާއި ހަވާލުކުރައްވާފައިވަނީ، އެމްއެމްޕީއާރުސީގެ އެމްޑީގެ މަޤާމުން ފާތިމަތު ތައުފީގު ވަކިކުރުމަށް ފަހުއެވެ.

އިއްޔެ ފާތިމަތު ތައުފީޤު މަގާމުން ވަކި ކުރެއްވި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހު ވަނީ އަންގާރަ ދުވަހު އެމަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ނޫރައިން ގެ އިތުރުން އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު ރާފިލްވެސް މިހާރު ވަނީ ކުންފުނީގެ ބޯޑުން އިސްތިޢުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން