ފަތުރުވެރިޔަކު ގެނބިގެން ސަލާމަތް ކުރަން މޫދަށް ފޭބި ދިވެއްސަކު މަރުވެފައިވާކަމަށް ފުލުހުން ރިޕޯޓުކޮށްފިއެވެ.

މިހާދިސާ ހިނގާފައިވަނީ އދ އަތޮޅުގައި އޮންނަ ސެންޓާރާ ރިސޯޓުގައެވެ.

ފުލުހުން ބުނީ ސެންޓާރާ ރިސޯޓުގެ ފަތުވެެރިޔަކު ގެނބިގެން ސަލާމަތް ކުރަން މޫދަށް ފޭބި ދިވެއްސަކު ގެނބިގެން ފަރުވާ ދެމުންދާކަމަށް މިއަދު 11:05 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އެ ދިވެހި މީހާ ދަނގެތި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ދަނގެތި ހެލްތު ސެންޓަރުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މިހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

މިހާދިސާގައި ބަލަން ޖެހޭ ކަން ކަން ފުލުހުން ދަނީ ބަލަމުންނެވެ.

މިހާދިސާ ހިނގާފައިމިވަނީ މޫަސުން ގޯސްވެ، ވައިގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން