މިދިޔަ އަަހަރު ބޭއްވި އައިޓީބީ ބާލިން ފެއާގެ ނެށުމުގެ މަންޒަރެއް--
މިދިޔަ އަަހަރު ބޭއްވި އައިޓީބީ ބާލިން ފެއާގެ ނެށުމުގެ މަންޒަރެއް--
ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވާ ފެއާތަކުގައި ރާއްޖެއަށް ހުތުރުވާ ފަދަ ނެށުންތަކަށް ދެން ޖާގަ ނުދޭނެކަމަށް އެމްއެމްޕީއާރުސީއިން ބުނެފި އެވެ.

މިދިޔަ އަަހަރު ބޭއްވި އައިޓީބީ ބާލިން ފެއާގައި ރާއްޖެއިން ހުށަހަޅައިދިން ނެށުމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

އަދި އެ ނެށުމަކީ ރާއްޖޭގެ ސަގާފަތާ ވެސް ނުގުޅޭ ރާއްޖެއަށް ހުތުރުނަން ލިބޭފަދަ ނެށުމެއް ކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުން ސޯޝަލް މީޑިއާގައި ބަންޑުންކޮށްލި އެވެ.

ރޭ ޓީވީ ޕްރޮގްރާމެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މުޖުތަމައުން އެފަދަ ކަންކަމާމެދު ދެކޭ ގޮތާ މެދު ވަރަށް ބޮޑު ސަމާލުކަން ކަމަށެވެ.

އަދި މިހާރު އޮތް އެމްއެމްޕީއާރުސީގެ ޓީމުވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ރާއްޖެ ތަމްސީލުކުރާާއިރު ވެސް ރާއްޖޭގެ ސަގާފަތާއި ގައުމިއްޔަތަށް ފުށޫ ނާރާ ގޮތަށް ކަންކަން ގެންދަން ސަމާލުކަންދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހުން މި ބޭއްވުނު އަރަބިިއަން ޓްރެވަލް މާކެޓް ފެއާއިން ވެސް އެކަން ފާހަގަވެގެންދާނެ އެ ފެއާއަށް ވަޑައިގެން ބޭފުޅުންނަށް ވެސް އެނގޭނެ. ވ، އަތޮޅުގެ ދަނޑިޖެހުމާއި މިކަހަލަ ވަރަށް ފުރިހަމަ ހަރަކާތްތަކެއް އިނގޭތޯ ދިޔައީ. އެ ބޭފުޅުންނަށް ނުވެސް ފެންނަ ހަރަކާތްތަކެއް ފެނިގެން ދިޔައީ. މިހާރު އަޅުގަނޑުމެން ވަރަށް ސަމާލުކަން ދެން އެކަހަލަ ހުރިހާ ކަމަކަށް. ދިވެހި ރާއްޖޭގެ ކަލްޗާއަށް ފުށޫނާރާ ގޮތަށް ރާއްޖެ ޕްރޮމޯޓްކުރާނީ." ބައްސާމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން