ރާއްޖޭގެ އިސް ރަށްވެހިންނަށް ދީނީ ޕްރޮގްރާމްތަކެއް ފަށަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެކަން ފެށުމުގެ ގޮތުން އެކަމާ ގުޅޭ ބައްދަލުވުމެއް އެ މިނިސްޓްރީން އިސްރަށްވެހިންގެ ނާދީއާ އެކު ބާއްވައިފައިވާ ކަމަށެވެ.

އެގޮތުން މަޝްވަރާ ކުރެވުނީ އިސްރަށްވެހިންގެ ނާދީގައި އެ ޕްރޮގްރާމް ބާއްވަން ކަމަށް ވެސް ބުނެފައި ވެއެެވެ.

އިސްރަށްވެހިންގެ ނާދީއަކީ ޢުމުރުން 55 އަހަރުން މަތީ ބޭފުޅުންގެ އިޖުތިމާއީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށްފައިވާ ތަނެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނާދީން އެދުނީ އެ ތަނުގައި ކޮންމެ މަހަކުވެސް ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ކުރިންވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި އަދި އެގޮތަށް ބާއްވާ ސެޝަންތަކުން ލިބޭ ފީޑްބެކް ބޭނުންކޮށްގެން އިސްރަށްވެހިންގެ މުޖުތަމައުގެ ބޭނުންތަކާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން