މޫސުން އިންތިހާއަށް ގޯސްވާނެ ކަމަށް ލަފާކޮށް މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާޓް ނެރެފި އެވެ.

އާންމުކޮށް އޮރެންޖް އެލާޓް ނެރެނީ މޫސުން ވަރަށް ގޯސްވާ ހިސާބަށް ދިއުމުން ރައްކާތެރިވެ ތިބުމަށް އެންގުމުގެ ގޮތުން ނެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު އޮރެންޖް އެލާޓް ނެރުނީ ހއ، އިން ފެށިގެން ވ، އަތޮޅާ ހަމައަށެވެ.

އެގޮތުން މިއަދު ހެނދުނު އަށަކުން 11 ޖެހުމާ ހަމައަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އެ ވަގުތުތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން