އދ. އަށް ކަނޑައެޅުއްވި ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއަށް އަރުވައިފި އެވެ.

އަލީ ނަސީރު ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައިވަނީ ނިއުޔޯކްގައި ހުންނަ އދ.ގެ މައި އޮފީހުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގަ އެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ޑރ. އަލީ ނަސީރު ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާއި ބައްދަލުކުރަށްވާފައެެވެ.

ހާރީޖީ ދާއިރާއާ މެއި 1985ގައި ގުޅިވަޑައިގެންނެވި އަލީ ނަސީރު ވަނީ ފޮރިން މިނިސްޓްރީގެ އެކި މަގާމުތައް އަދާކުރަށްވާފައެވެެ.





ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އދ.ގެ ސަފީރުކަމުގެ މަގާމު އަދާކުރެއްވި އަލީ ނަސީރު ވަނީ އެ ސަރުކާރުގެ ފޮރިން ސެކެޓްރީގެ މަގާމު ވެސް އަދާކުރަށްވާފައެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ މަލްޓިލެޓްރަލް ސެކެޓްރީގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން