ދިވެހި ބަސް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މައިގަނޑު ތިން މަސައްކަތެއް ކުރުމަށް ދިވެހި ބަހާ ތަރިކައާއި ބެހޭ މިނިސްޓްރީން ގައުމީ ޔުނިވާސިޓީއާއި ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ ފަހުމުނާމާގައި ސޮއި ކޮށްފައިވާއިރު އޭގެ ތެރެއިން ދިވެހިބަހުގެ ދިރާސާތަކެއް ގައުމީ ޔުނިވަރސިޓީން ފެށުމާއި ދިވެހިބަސް ކިޔަވައިދިނުމުގައި ބަހުގެ އަޑުތައް ކިޔަވައިދެވޭނެ ގޮތެއް ހޯދުމާއި ޅެންފަރުވާ ދިވެހިބަހުން ދެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ އާދަމް ނަޞީރު ވިދާޅުވީ ކޮންމެ ބަހެއްވެސް އިލްމީކޮށް ކިޔަވައިދޭއިރު އެ ބަހެއްގައި ހުންނަ އަކުރުތަކުގެ އަޑުތަކަށް ހާއްސަ އިސްކަމެއްދޭ ކަމަށެވެ.

އެހެންކަމުން ދިވެހިބަސް ކިޔަވައިދޭއިރުވެސް، ދިވެހި އަކުރުތަކުގެ އަޑުތައް ކިޔަވައިދެވޭނީ ކިހިނެއްތޯ ހޯދަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދިވެހިބަހާ ގުޅޭގޮތުން ޤައުމީ ޔުނިވަރސިޓީން ކުރާ ދިރާސާތަކުގެ އެހީގައި، ދިވެހިބަހާއި ތާރީޚާ ގުޅުންހުރި މަޢުޟޫތަކަށް ދަރިވަރުންނަށް ކިޔަވައިދިނުމުގައި ކުރަންޖެހޭ ދިރާސާތަކަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން