ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމާއި ގުޅިގެން އއ. ތޮއްޑޫގައި ސްޓެލްކޯގެ މުވައްޒަފުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެއްގަމަށް ނާދެވިގެން އުޅެނިކޮށް އެ ކުދިން ސަލާމަތް ކުރަން ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި އެ ކޮޅިގަނޑުގެ ސަބަބުން ރަށުތެރޭގައި ހުރި ގަސްތަކުގެ ބައިތަކެއް ގޭގޭގެ ފުރާޅަށް ވެއްޓުމާއި ގުޅިގެންވެސް އެހީތެރިކަން ފޯރުކޮއްދީފައިވެއެވެ.
މިކަން ފާހަގަ ކުރަމުން ސްޓެލްކޯއިން ބުނެފައިވަނީ ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ.
ސްޓެލްކޯއިން ދަނީ އެކުންފުނި ހަރަކާތްތެރިވާ ރަށްރަށުގައި ދިމާވާ ގުދުރަތީ ހާދިސާތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި މި… pic.twitter.com/tiXixHuZFt
— STELCO (@STELCOMALDIVES) May 21, 2024
ސްޓެލްކޯއިން ދަނީ އެކުންފުނި ހަރަކާތްތެރިވާ ރަށްރަށުގައި ދިމާވާ ގުދުރަތީ ހާދިސާތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު