ގަދަ ވަޔާއެކު ގަސްތައް ވެއްޓި ގަސްތަކުގެ އޮފިތައް ބިންދައިގެން ވެއްޓެން ފަށައިފި އެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިއަދު ހއ. އިން ތ. އަތޮޅާ ހަމައަށް 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނެއްގައި ދަނީ ވައި ޖެހުމުން ނެވެ.

ވައިގަދަވުމުން އޭގެ އަސަރު މާލެއާއި ހުޅުމާލެއިން ދަނީ ފެންނަމުން ނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު ސަން ސިޔާމު ބިލްޑިންގ ކުރިމަތީ ޕާކިންގ ޒޯންގައި ހުރި ގަސް ބިންދައިގެން ގޮސް ވެއްްޓިފައިވާ ކަމަށެވެ. އެހެންވެ އެގަސް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ހަވީރު ވެލާނާގޭ ކައިރީގައި ހުރި ގަހެއް ވެސް ވެއްޓިފައިވާ އިރު އެ ގަހުން ޖެހި ދުއްވާފައިދިޔަ ސައިކަލަކަށާއި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

އެފަދަ އެހެން ހާދިސާއެއްގައި ހުޅުމާލޭ ފޭސް 1 ފިހާރަބަރި ސަރަހައްދުގައި ހުރި ގަހެއްގެ ގޮފިގަނޑެއް ވެސް ވަނީ ދުއްވަމުން ދިޔަ ވެހިކަލްތަކެއްގެ މައްޗަށް ވެއްޓިފަ އެވެ.

މި ދުވަސްވަރު ވައި ގަދަކަމުން ކޮންސްޓްރަކްޝަން ސައިޓްތަކުން ވެސް ތަކެތި ވަޔާ ވެއްޓިދާނެތީ ސަލާމަތީ ގޮތުން އަޅަން ޖެގޭ ފިޔަވަޅު އަޅަން ވަނީ ގޮވާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު