އަހުޒަމް އަޙްމަދު   21 މޭ 2024 - 20:40
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު މަގާމުން ވަކިކޮށްފި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އިސްމަގާމުތަކަށް ބޭފުޅުން އައްޔަނުކޮށް ވަކި ކުރުމުގެ ޒިންމާތަކާ ހަވާލުވެފައިވާ ޕްރައިޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިރޭ އެކްސްގައި ބުނީ ސަމާހު މިފްކޯގެ ސީއީއޯ އަދި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.



ސަމާހު އެ މަގާމުން ވަކިކުރި އިރު ޕީސީބީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ މިދިޔަ މާޗު މަހު ސަސްޕެންޑްވެސް ކުރިއެވެ. އޭރު ޕީސީބީން ބުނީ ސަމާހުއާ ގުޅޭ 12 މައްސަލައެއް ބަލަމުންދާ ކަމަށެވެ. އަދި އޭގެ ފަހުން މިދިޔަ މަހު ފަހުކޮޅު އޭނާގެ ސަސްޕެންޝަންވެސް އުވާލި އެވެ.

އެހެންވެ އޭނާ ކުއްލިއަކަށް މި ފަހަރު މަގާމުން ވަކިކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. ޕީސީބީން އެކަމާ ގުޅޭ ގޮތުން ބަހެއް ނުލިބެ އެވެ.

ސަމާހު މަގާމުން ވަކި ކުރި އިރު އޭނާ މި ވަގުތު ހުންނެވީ މިހާރު ކުރިއަށްދާ 18 ވަނަ "އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން"ގައި މިފްކޯ ތަމްސީލު ކުރެއްވުމަށް ތައިލެންޑްގަ އެވެ.



ކިޔުންތެރިންގެ ހިޔާލު