މި ސަރުކާރުން ބޭކާރު ހަރަދު ކުރުން ހުއްޓާލަން ޖެހޭކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް މި ވަގުތަށް ބޭނުންނުވާ މަޝްރޫއުތައް މަޑުޖައްސާލަންޖެހޭ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް އާމްދަނީ އިތުރުކުރަން ޒުވާނުންނަށް އަމިއްލަ ވިޔަފާރި ކުރުމަށް ފުރުސަތު ހުޅުވާލަން ޖެހޭކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވަނީ އައި.އެމް.އެފް އިން ނެރެފައިވާ ރިޕޯޓަށް އަލި އަޅުވާލާފައެވެ.
އައި.އެމް.އެފުން ނެރެފައިވާ ރިޕޯޓުގައި ވަނީ ރާއްޖޭގެ ދަރަނި ކުޑަ ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އެގޮތުން ސަރުކާރުން ކުރާ ހަރަދުތައް ކުޑަ ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ސަރުކާރަށް ލިބޭ އާމްދަނީ އިތުރު ކުރަން ޖެހޭކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު