މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ދެކުނަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ހެނދުނު 10:00 އިން މެންދުރު 2:00 އާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެހެންކަމުން މޫސުމަށް ސަަމާލުވުމަށާއި ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު