ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން މި އަހަރުގެ މިހާތަނަށް 92،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެގައުމުން މިހާތަނަށް 92،773 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު ޗައިނާގައި ރާއްޖެއަކީ އެންމެ މަގުބޫލު އެއް މަންޒިލެވެ.

މީގެ އިތުރުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮަށްފައިވަނީ ރަޝިއާއިންނެވެ.

އެއަށްފަހު ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސި ވިލާތުންނެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ފުރަތަމަ 14 ދުވަހު ރާއްޖެ އައިސްފައިވަނީ 61،0777 ފަތުރުވެރިންނެވެ. އަދި އެއާއިއެކު މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ 833،728 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު