ރާއްޖޭގައި ކެންސަރުފަދަ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ ދިރާސާއެއް ކުރަން ނިންމައިފި އެވެ.

އެ ދިރާސާކުރަން ނިންމިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އާދަޔާ ހިލާފަށް ގިނަ އެވެ.

އަދި އާބާދީގެ ގޮތުން ބެލިޔަސް ރާާއްޖެއަކީ އެފަދަ ގައިން ގަޔަށް ނާރާ ބަލިތައް އެންމެ ގިނަ ގައުމު ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންވެ އެކަމާ ގުޅޭ ގޮތުން ދިރާސާއެއް ކޮށްދިނުމަށް ޑަބްލިއުއެޗްއޯގެ އެހީތެރި ކަމަށް ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ފަންޑިން ހަމަޖެހުމާއެއްކޮށް ހަމަ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތްވެސް ކުރިއަށް ގެންދާނަން." މިނިސްޓަރު ވިދާޅުވި އެވެ.

ފަހަކަށް އައިސް ކެންސަރު ޖެހޭ މީހުން ވަނީ އާދަޔާ ހިލާފަށް އިތުރުވާން ފަށައިފަ އެވެ. އެގޮތުން 2021 ވަނަ އަހަރު 30،096 މީހުން އަދި ޖެހިގެން އައި 2022 ވަނަ އަހަރު 23،500 މީހުން ކެންސަރަށް ފަރުވާ ހޯދިއެވެ.



ކިޔުންތެރިންގެ ހިޔާލު