ރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރަން މިއަދު މަޝްވަރާކޮށްފި އެވެ.
ރާއްޖެއާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހިކުރަން މަޝްވަރާ ކޮށްފައިވަނީ އިނގިރޭސިވިލާތަށް ވަޑައިގެން މިހާރު އުޅުއްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެގައުމުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފައިނޭންޝަލް ސާވިސް އިންޑަސްޓްރީ ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އިކޮންމިކް މިނިސްޓްރީން ބުނީ މިނިސްޓަރު ސައީދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިނިސްޓަރު ސައީދުގެ މި ދަތުރުފުޅުގައި އިނގިރޭސި ސަރުކާރުގެ އެކި ފަރާތްތަކާއި، ހައުސް އޮފް ލޯޑްސް އަދި އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

Delighted to meet Min @greghands. Discussion focused on deepening trade & investment relations between 🇲🇻&🇬🇧. Seeking UK’s experience in developing the financial services industry & broadening the scope of FTA remains a priority of Pres @MMuizzu pic.twitter.com/Y7u56HjKpt
— Mohamed Saeed (@em_saeed) May 15, 2024
އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފައިނޭންޝަލް ސާވިސް އިންޑަސްޓްރީ ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އިކޮންމިކް މިނިސްޓްރީން ބުނީ މިނިސްޓަރު ސައީދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިނިސްޓަރު ސައީދުގެ މި ދަތުރުފުޅުގައި އިނގިރޭސި ސަރުކާރުގެ އެކި ފަރާތްތަކާއި، ހައުސް އޮފް ލޯޑްސް އަދި އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ކިޔުންތެރިންގެ ހިޔާލު