ދިވެއްސަކަށް ދިވެހި ބަސް ނޭނގޭތީ ކްރިމިނަލް ކޯޓުން ތަރުޖަމާނެއް ހަމަޖައްސައިދީފި އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރެއްގައި ބުނެފައިވާ ގޮތުގައި ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ހައްޔަރުކުރި 29 އަހަރުގެ ހަސަން އަޖުއާންއަށް ދިވެހި ނޭނގޭކަމަށް ކޯޓުގައި ބުންޏެވެ.
އެހެންވެ އޭނާއަށް ތަރުޖަމާނެއް ހަމަޖައްސައިދިނުމަށް އެދުނު ކަމަށެވެ.
އެހެންވެ އޭނާ އެދުނު ގޮތަށް ތަރުޖަމާނެއް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭނާއަށް ތަރުޖަމާނެއް ހަމަޖައްސައިދިނީ ދިވެހި ބަހުން ކޮން ބަހަކަށް ތަރުޖަމާ ކޮށްދިނުމަށް ކަމެއް އަމުރުގައި ބުނެފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ އިނގިރޭސި ބަހަށެވެ.
ފަހަކަށް އައިސް ގިނަ ދިވެހި ކުދިން މުޅިންހެން އިނގިރޭސި ބަހުން މުއާމަލާތްކޮށް އުޅޭ މައްސަލަ ފާހަގަވެފައި ވާއިރު އެފަދަ ކުދިންނަށް ދިވެހި ބަސް ރަނގަޅަށް ނޭނގޭ މައްސަލަ ދަނީ ފެންމަތިވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު