ފަލަސްތީނަށް އ.ދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އ.ދ ގެ ސަލާމަތީ މަޖިލީހަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލީ، މިއަދު ބޭއްވި އ.ދ ގެ ހާއްސަ ބައްދަލުވުމުގައި އިއްވި ބަޔާނުގައެވެ. ރާއްޖޭގެ ބަޔާނުގައި ބުނެފައިވަނީ ހުކުރު ދުވަހު ފާސްކުރި ގަރާރުން ސަލާމަތީ މަޖިލީހަށް ވަރުގަދަ މެސެޖެއް ލިބޭނެ ކަމަށެވެ. އަދި ފަލަސްތީނުގައި ހިންގަމުންދާ އަނިޔާތަކަށް ނިމުމެއް ގެންނައުމަށް އަދި އިސްރާއީލުން އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އަށް ބޯ ލެބުމަށް މަސައްކަތް ކުރުމަށް ހުރިހާ މެމްބަރު ގައުމަކަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މެދުއިރުމަތީގެ ޒަމާންވީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދީގެން ކަމަށް ރާއްޖޭން މިއަދުވެސް ވަނީ ތަކުރާރުކޮށްފަ އެވެ.
އ.ދ ގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ބޮޑު އަގުލަބިއްޔަތަކުން ވަނީ ފަލަސްތީނަށް އ.ދ ގެ ފުރިހަމަ މެމްބަރުކަން ދޭން ފާސްކޮށްފައެވެ. މި ގަރާރަކީ އެކުވެރި އަރަބި އިމާރާތުން ހުށައަޅާ، ދިވެހި ރާއްޖެއިން ތާއީދު ކުރި ގަރާރެކެވެ.
އ.ދ ގެ އާންމު މަޖިލީހުން މި ގޮތަށް ނިންމި ކަމުގައިވިޔަސް ފަލަސްތީނަށް އ.ދ ގެ ފުރިހަމަ މެމްބަރުކަން ލިބޭނީ އ.ދގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްވުމުންނެވެ. މިދިޔަ މަހު ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްތީނަށް މެމްބަރުކަން ނުލިބުނީ އެމެރިކާއިން އެ ހުށައެޅުން ވީޓޯ ކޮށްލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު