މާލޭގައި ހުންނަ އިމާރާތްތަކުގެ ތެރެއިން މަގު މައްޗަށް ފެންއެޅޭ ގޮތަށް ހުންނަ ތަންތަން ރަނގަޅުކުރަން އަންގަން ފަށައިފައިވާ ކަަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ވިދާޅުވީ މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލަ އެއް ކަމަށެވެ.

އެހެންވެ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށާއި އެގޮތުން މި މަހު އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަގަ ކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް އަންގާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ." މޭޔަރު ވިދާޅުވި އެވެ.

މާލޭގެ މަގުމައްޗަށް ފެން އެޅޭ ގޮތަށް ހުންނަ ތަންތަނުގެ ސަބަބުން މަގު ތަކުގަައި ފެންބޮޑުވުމުގެ އިތުރުން މަގު ހިނގާ މީހުންނަށް ވެސް ދަތިވާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު