ޕޯޓް ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި "ޕޯޓް ސެކިއުރިޓީ ޓްރެއިނިން – ސެޓްފިކެޓް 1" ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައި، ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ މައި މަރުކަޒުގައި ބޭއްވި މި ކޯހުގެ ނިމުމުގެ ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ޑެޕިއުޓީ ސީ.އީ.އޯ އަލީ ހާޝިމާއި ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

މި ކޯހުގައި އެމް.ޕީ.އެލްގެ 18 ސެކިއުރިޓީ އޮފިސަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިތަދޫ ޕޯޓުގެ ދެ ބައިވެރިންނާއި ކުޅުދުއްފުށި ޕޯޓުގެ ދެ ބައިވެރިން ހިމެނެއެވެ.

އެމް.އެން.ޑީއެފުން ކުރިއަށް ގެންދިޔަ މި ކޯހުގެ ބައިވެރިންނަށް މިއަދު އޮތް ރަސްމިއްޔާތުގައި ބެޖާއި ސެޓްފިކެޓް ވަނީ ދީފައެވެ. އަދި ބައެއް ވަނަތަކަށް ހޮވުނު ބައިވެރިންނަށްވެސް ވަނީ އިނާމު ދީފައެވެ.

މި ކޯހުގެ އެކި ވަނަތަކަށް ހޮވުނު ބައިވެރިންގެ ތެރެއިން، ބެސްޓް އޯލް ރައުންޑް އަށް ހޮވުނީ ސީނިއަރ ސެކިއުރިޓީ އިންސްޕެކްޓަރ، އަފްސަލް އިބްރާހިމްއެވެ. ބެސްޓް އިން މެރިޓް އަށް ހޮވުނީ ސީނިއަރ ސެކިއުރިޓީ އެސިސްޓަންޓް، މުޙައްމަދު ނުހާދުއެވެ. މީގެއިތުރުން ފިޓަސްޓް ޕާޓިސިޕަންޓް އަކަށް ހޮވުނީ ސީނިއަރ ސެކިއުރިޓީ އެސިސްޓަންޓް މުޙައްމަދު އަބްދުﷲއެވެ.



މި ޕްރޮގްރާމަކީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރައްވާ އޮފިސަރުންނަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ، ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި އެމް.އެން.ޑީ.އެފް އާއި އެމް.ޕީ.އެލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު