ކުރިން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރު ޓެކްސް ކޮމިޝަނަރަކަށް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި، ފަތުހުﷲ ޖަމީލު ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޓެކްސް ކޮމިޝަނަރުކަމަށް ޢައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ކުރީގެ ކޮމިޝަނަރު ޔަޒީދު މުހައްމަދާއި ކުރިން ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރުގެ ނަމެވެ.

ނަމަވެސް މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ފާސްކުރީ ޒަރީރު އެ މަގާމަށް އައްޔަނުކުރުމަށެވެ.

ކޮމިޓީގެ ނިންމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 41 މެމްބަރުންގެ ވޯޓާއެކު އެވެ.

ކުރިން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރަކަށް ހުންނަވަނިކޮށް ޒަރީރުގެ މަގާމު ގެއްލުނީ ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު