ރައްޔިތުން އެކަމަނާއާއި ހަވާލުކުރި ޒިންމާ އާއި އަމާނާތް އެންމެ ހެޔޮ ގޮތުގައި އަދާކުރެވިއްޖެ ކަމަށާއި މަޖިލީހުގެ މެމްބަރު ކަމުން ވަކިވެވަޑައިގަންނަވަނީ ހިތްހަމަޖެހުމާއި އެކު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި މެންބަރުން ވާހަކަދެއްކެވުމަށް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އެކަމަނާގެ ގޮނޑި ނީލަމުގައި އިން ދުވަހެއް ނާންނާނެ ކަމަށެވެ. އެގޮތުން ޕާޓީތެރޭގައި ލީ ވޯޓެއް ވެސް އަދި މަޖިލީހުގައި ލީ ވޯޓެއް ވެސް އަދި ގައުމީ ފެންވަރުގައި ލީ ވޯޓެއް ވެސް ފައިސާ އަށް ވިއްކާލާފައި ނޯންނާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އައްޑޫ މީދޫ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށެވެ. އެހެންކަމުން ކުރެވުނު މަސައްކަތްތަކާއި މެދު ހިތް ހަމަޖެހިވަޑައިގަންނަވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ އިތުރު ދައުރަކަށް ކުރިމަތިލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށެވެ. ރޮޒައިނާ ވަނީ ތަޅުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ފުރައްސާރައާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަަން ފާހަގަކުރައްވާފައެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދައުރަށް މަޖިލީހުގައި އެންމެ ތިން އަންހެން މެންބަރުން ތިއްބަވާނެ ކަމަށެވެ. އެހެންކަމުން އެ އަންހެން ބޭފުޅުންނަށް ފިރިހެން މެންބަރުންގެ ފަރާތުން ރަނގަޅު މަސައްކަތްތަކެއް ކުރުމުގައި އެއްބާރުލުން ދިނުމަށް ރޮޒައިނާ ގޮވާލެއްވިއެވެ.
2014 ވަނައަހަރު މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ރޮޒެއިނާ ވަނީ ވިދިވިދިގެން މަޖިލީހުގެ ތިން ދައުރު ފުރިހަމަ ކުރަށްވާފައެވެ. އެގޮތުން ވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ރޮޒައިނާ ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރުކަމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު