ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އައްޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ އާއި ބައްދަލު ކުރައްވާ ދިވެހިރާއްޖެ އާއި ޤަތަރާ ދެމެދު ގުޅުންތައް ބަދަހި ކުރުމާމެދު މަޝްވަރާކުރަށްވައިފިއެވެ.
މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ވަމުންދާ ގޮތާ މެދު އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން، ދިވެހިރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް ޤަތަރުން ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަށް މިނިސްޓަރު ޒަމީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިބައްދަލުވުމުގައި ދެގައުމުންވެސް ވަނީ ދެގައުމުގެ ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެއިތުރުން، މިނިސްޓަރ ޒަމީރު ވަނީ ޣައްޒާގެ މައްސަލަ ހައްލުކުރުމަށް، މެދުވެރިއެއްގެ ހައިސިއްޔަތުން ޤަތަރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، ބައިނަލްއަގުވާމީ މައިދާނުގައި ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ މަލްޓިލޭޓަރަލް ފޯރަމްތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ މިނިސްޓަރުންވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރާއެކު ފޮރިން މިނިސްޓްރީގެ ބައިލެޓަރަލްގެ ސެކްރެޓަރީ ޑރ، ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ. ފަޒީލް ނަޖީބާއި، އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު