ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ފޭސް އެކެއްގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި ހައްޔަރު ކުރި 8 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 7 މީހެއްގެ ބަންދަށް 7 ދުވަސް އިތުރުކޮށްފައިވާކަމަށާއި އަދި އެކެއްގެ ބަންދުގެ މުއްދަތަށް ތިން ދުވަސް ޖަހާފައިވާކަމަށެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 8 ދިވެހިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު