ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންފި އެވެ.
މިއީ ފޮރިން މިނިސްޓަރުގެ މަގާމާ ހާވަލުވެވަޑައިގަތްފަހުން މިނިސްޓަރު ގަތަރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް މެއެވެ.
މިނިސްޓަރު އެކްސްގައި ވިދާޅިުވީ ގަތަރުގެ ބޮޑުވަޒީރު ޝައިހު މުހައްމަދު ބިން އަބްދުއް ރަހްމާން ބިން ޖާސިމް އަލް ތާނީ އަދި އެ ގައުމުގެ ފޮރިން މިނިސްޓަރާއެކު މަޝްވަރާތައް ބާއްވަވާނެ ކަމަށާއި އެ ވާހަކަތަކުން ނަތީޖާ ނެރެވެނޭކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަދި ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަށް ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ގަތަރަށް މި ވަޑައިގެންނެވީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.
އިންޑިއާގެ ދަތުރުފުޅުގައި ޒަމީރު ވަނީ އިންޑިއާގެ އެކްސްޓާރނަލް އެފެއާރޒް މިނިސްޓަރު ޖަޔަޝަންކަރާ ބައްދަލުކުރައްވާފައެވެ.
އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާވެސް ކުރައްވާފައި ވެއެވެ.
އިންޑިއާއާއި ގަތަރަކީ ވެސް ރާއްޖެއަށް މިހާރު ވެސް ބޮޑެތި އެހީތަކެއް ވެދެމުންދާ ދެ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު