ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއް ވިއުގައެއްގައި ރައްކާކުރުމުގެ ބޭނުމުގައި ސަރުކާރުން ފެށި “އޮޕަރޭޝަން ކުރަނގި” ގެ ތެރެއިން މިހާތަނަށް 532 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފިއެވެ.
އެ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެކްސްގައި ވިދާޅުވީ، އޮޕަރޭޝަން ފެށި ހިންމަފުށީ ގައި އުޅޭ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގާ ނިމިފައިވާ ކަމަށެވެ.
އަދި ވަރަށް އަވަހަށް އިތުރު ފަސް ރަށެއްގައި މި ޕްރޮގްރާމް ފަށާނެކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
މި ޕްެރޮގްރާމް ހިންމަފުށީގައި ކުރިއަށް ގެންދިޔުމަށް އެ ރަށު ކައުންސިލުން ދިން އެއްބާރުލުމަށް މިނިސްޓަރު ކުރެއްވި ޕޯސްޓްގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ޕްެރޮގްރާމް ފެށި ދުވަހު ސަރުކާރުން ބުނެފައިވަނީ ޕްރޮފްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ ކަމަށާއި އަމާޒަކީ ބިދޭސީންގެ އެންމެ ފަހުގެ މައުލޫމާތު އަބަދުވެސް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ބެލޭނެގޮތަށް ބެހެއްޓުން ކަމަށާއި އޭގެ އަލީގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު